Closed
Recruitment of Members for the Disciplinary Committee of the Bashi Tournament
- Agency
- ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
- Market
- Maldives
- Reference
- (IUL)382-CA/382/2026/46
- Category
- މަސައްކަތް
- Published
- 1 Oct 2026
- Closes
- 8 Oct 2026, 06:00 add to calendar
Description
2026 އޮކްޓޫބްރު 20-17 އަށް މިކޮމިޓީއިން އިންތިޒާމް ކުރާ ބަށި މުބާރާތުގެ ޤަވާއިދުގެ 2(ށ) ގައި ބުނެފައިވާ ޑިސިޕްލިނަރީ ކޮމިޓީއަށް އާއްމު މެންބަރުންގެ ގޮތުގައި 03 (ތިނެއް) މެންބަރު ބައިވެރި ވުމަށް ފުރުސަތު ހުޅުވާލަމެވެ. ޝަރުތު: މިފަދަ ކޮމިޓީއަކަށް ވަގުތު ދެވޭނެ ފަރާތެއް ކަމުގައިވުން މި މުބާރާތުގެ ޓީމެއްގެ އެއްވެސް މަގާމެއް ފުރަމުންދާ ފަރާތެއް ކަމުގައި ނުވުން މި ކޮމިޓީގައި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 08 އޮކްޓޫބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން މިއިދާރާގެ މެއިލް [email protected] އަށް އަންނަނިވި މައުލޫމާތު މެއިލްކޮށްދެއްވުން އެދެމެވެ. 1.ބައިވެރިވާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު 2. ބައިވެރިވާ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް 3. ގުޅޭނެ ނަންބަރު މިކަމަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތކުގެ ތެރެއިން ޝަރުތު ހަމަވާ 03 ފަރާތަށްވުރެ ގިނަ ފަރާތުން ކުރިމަތިލައިފިނަމަ، ކޮމިޓީއަށް މެންބަރުން ހޮވަނީ ކުރިމަތިލެއްވި ބޭފުޅުންނާއި މިކޮމިޓީއިން އިންޓަރވިއުކޮށް އެންމެ މަތީ މާކްސް ލިބޭ 03 ފަރާތެކެވެ. ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 20 ރަބީޢުލްއާޚިރް 1447 01 އޮކްޓޫބަރު 2026
Source
Collected from gazette_mv. Documents, clarifications and the authoritative wording stay on the issuing portal — this page never hosts them.
Open the original noticeLast changed 6 days ago. When this source last ran.