Open for bids
މިޚިދުމަތުގެ 02 ވެހިކަލަކަށް ބޭނުންވާ 02 އިންޖީނު އަދި ގިއަރ ބޮކްސް ހޯދުން
Shown in the language the agency published it in. No English translation is available.
- Agency
- ދިވެހި ފުލުހުންގެ ޚިދުމަތް
- Market
- Maldives
- Reference
- 171-Y(FBM2)/IUL/2026/216
- Category
- ގަންނަން ބޭނުންވާ ތަކެތި
- Published
- 13 Oct 2026
- Closes
- 21 Oct 2026, 08:00 add to calendar
Description
ޕްރޮޖެކްޓް ނަންބަރު PC-171/2026/T474 އިޢުލާން ނަންބަރު 171-Y(FBM2)/IUL/2026/216 ބީލަން ހުށަހެޅުމުގެ ދަޢުވަތު މިޚިދުމަތުގައި ދުއްވާ 02 އުޅަނދަކަށް ބޭނުންވާ އިންޖީނު އަދި ގިއަރ ބޮކްސް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި މިމުއައްސަސާގެ ނަންބަރު 171-Y(FBM2)/IUL/2026/202 އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީވެ ދެންނެވިފައިވާ އިޢުލާން ބާޠިލްކޮށް، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. ބީލަމުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން މި އިޢުލާނާއި އެޓޭޗްކުރެވިފައިވާ ބިޑް ރެޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު އީ-މެއިލް: [email protected] އަށް މެއިލްކޮށް އަދި [email protected] އަށް ކޮޕީ ފޮނުވުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް މެއިލްކުރެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަގީންކުރަންވާނީ ރަޖިސްޓްރީ ނަމްބަރު ލިބުމުންނެވެ. ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ 2026 އޮކްޓޫބަރު 21 ވަނަ ދުވަހުގެ 13:00 އެވެ. ބީލަމަށް ރަޖިސްޓްރީ ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަ ބީލަންވެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. ބީލަން ހުޅުވުން އޮންނާނީ 2026 އޮކްޓޫބަރު 27 ވަނަ ދުވަހުގެ 13:00 ގައި އަމީނީމަގު، އިސްކަންދަރުކޮށި 1 ގައެވެ. އިއްޒުއްދީން މަގުން ފެށިގެން ކޯރުކެނޑި ހިނގުމާއި ހަމައަށް، އަމީނީ މަގު އިސްކަންދަރު ކޮށި 1 ހިމެނޭ ސަރަޙައްދު 2026 އޮކްޓޫބަރު 04 ވަނަ ދުވަހުން ފެށިގެން ބަންދު ކުރުމަށް ހަމަޖެހިފައިވާތީ އިސްކަންދަރު ކޮށި 1 ގެ މެއިން ގޭޓް ވަނީ ބަންދުކުރެވިފައިއެވެ. ވީމާ ދެންނެވިފައިވާ ބީލަންތަށް ހުށަހެޅުމަށް އިސްކަންދަރު ކޮށި 1 އަށް ވަދެ ނިކުމެ ހެދުމަށް ބޭނުންކުރެވޭނީ ރިޔާސީ ހިނގުމުގައި ހުންނަ ގޭޓް ނަންބަރު 04 ކަމުގައި ބީލަންވެރިންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. ބީލަންތައް ހުންނަން ވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށްދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. ބިޑް ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމަށް ރެޖިސްޓްރީ ވުމަށް އެދި ފޯރމް ހުށަހަޅައި ބީލަމުގައި ރެޖިސްޓްރީ ކުރެވިފައިވާ ކަމުގެ ސްލިޕް ފޯރުކޮށްދެވިފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. ޕްރޮޖެކްޓާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއް ވާނަމަ 2026 އޮކްޓޫބަރު 25 ވަނަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ. ޕްރޮކިއުމަންޓް ދިވެހި ފުލުހުންގެ ޚިދުމަތް އަމީނީމަގު ، މާލެ، ދިވެހިރާއްޖެ ފޯން: 9790052 އީ-މެއިލް: [email protected] ކޮޕީ: [email protected] 13 އޮކްޓޫބަރު 2026
Source
Collected from gazette_mv. Documents, clarifications and the authoritative wording stay on the issuing portal — this page never hosts them.
Open the original noticeLast changed 10 hours ago. When this source last ran.