Closed
Water
For the purchase of a pump to be used at the drainage pump station
- Agency
- އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
- Market
- Maldives
- Reference
- (IUL)426-AA/426/2017/184
- Category
- ގަންނަން ބޭނުންވާ ތަކެތި
- Published
- 27 Dec 2017
- Closes
- 10 Jan 2018, 06:00 add to calendar
Description
އިޢުލާން ހިތަދޫގެ ފެންބޮޑުވާ ސަރަޙައްދުތަކުގައި ޤާއިމުކުރެވިފައިވާ ފެންހިންދުމުގެ ނިޒާމު ރަނގަޅުކުރުމަށްޓަކާ ޑްރައިނޭޖު ޕަމްޕް ސިސްޓަމްގައި ބޭނުންކުރާ ވައްތަރުގެ ޕަމްޕެއް މިއިދާރާއަށް ގަންނަން ބޭނުން ވެއެވެ. ވީމާ، މި އިޢުލާނާއިއެކު އެޓޭޗް ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ސްޕެސިފިކޭޝަނަށްފެތޭ ޕަމްޕެއް މިދާރާއަށް ވިއްކެވުމަށް ޝައުޤުވެރިވާ މިބާވަތުގެތަކެތި ރާއްޖެއަށް އެތެރެކޮށް އޭގެވިޔަފާރިކުރާ ފަރާތްތަކުން މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ހުށަހަޅަންޖެހޭ ތަކެތި/ލިޔުން: 1. ފުރިހަމަކޮށް ސޮއިކޮށްފައިވާ ބީލަން ހުށަހަޅާފޯމް 2. އެސްޓިމޭޓް/ ކޯޓޭޝަން 3. ޕްރޮފައިލް 4. ވޮރަންޓީ ލެޓަރ 5. އަގުހުށަހަޅާ ތަކެތީގެ ފޮޓޯ އާއި ސްޕެސިފިކޭޝަން 6. ތަޖުރިބާ ބަޔާންކުރާ ލިޔުން 7. މާލީ ތަނަވަސްކަން ބަޔާންކޮށްދޭ ލިޔުން 8. ކުންފުނި ނުވަތަ ވިޔަފާރީގެ ރަޖިސްޓްރޭޝަން ކޮޕީ 9. ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ ބީލަން ހުށަހެޅުމާއި ބަލައިގަތުން: (ހ) މި އިޢުލާނާއިގުޅޭ އިތުރު ތަފުޞީލުތައް ހިމެނޭ މަޢުލޫމާތުކަރުދާހާއި ބީލަން ހުށަހަޅާ ފޯމް މި އިދާރާގެ ވެބްސައިޓް www.adducity.gov.mv އިން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ. ބީލަން ހުށަހަޅާއިރު މަޢުލޫމާތު ކަރުދާހާއި ބީލަން ހުށަހަޅާ ފޯމް ޑޮކިއުމަންޓް ތަކާއިއެކު ހުށަހަޅަންވާނެ އެވެ. (ށ) ބީލަން ހުޅުވާނީ ނުވަތަ ބަލައިގަންނާނީ އިޢުލާނުގައި ކަނޑައަޅާފައިވާ ގަޑީގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޟިރުގައެވެ (ނ) ބީލަން ހުށަހަޅާ ފޯމް ފުރިހަމަކޮށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ ބީލަން ބަލައެއް ނުގަނެވޭނެއެވެ. އަދި ބީލަން ހުޅުވުމަށް ކަނޑައަޅާފައިވާ ވަގުތަށްވުރެ ފަހުން ލިބޭ ބީލަންތައްވެސް ބަލައެއް ނުގަނެވޭނެވެ. ޓެކްނިކަލްގޮތުން ޤަބޫލުކުރެވޭ އަންދާސީހިސާބުތައް އިވެލުއޭޓުކުރެވޭނެގޮތުގެ ތަފުޞީލު: ކެޓަގަރީ މާރކްސް މާރކްސް ދެވޭ އުޞޫލު 1 އަގު: % 60 އެންމެކުޑަ އަގު ހުށަހަޅާފަރާތަށް ގިނަމާރކްސް ލިބޭގޮތަށް ފްރެކްޝަން އުޞޫލުން 2 މުއްދަތު : % 10 އެކަށީގެންވާ އެންމެކުޑަ މުއްދަތު ހުށަހަޅާފަރާތަށް ގިނަމާރކްސް ލިބޭގޮތަށް ފްރެކްޝަން އުޞޫލުން 3 މާލީ ޤާބިލުކަން : % 15 މަޢުލޫމާތުކަރުދާހުގެ 05 ވަނަ ނަންބަރުގެ 07 ގައިވާ ބުނެފައިވާ ލިޔުންތަކުގެ ތެރެއިން ހުށަހަޅާ ލިޔުންތަކަށް ބަލާފައި ހުށަހަޅާ ލިޔުމުގައިވާ ފައިސާގެމިންވަރު 50 ހާހުން ދަށްނަމަ، 5 މާކްސް ހުށަހަޅާ ލިޔުމުގައިވާ ފައިސާގެމިންވަރު 50 ހާހުން 1 ލައްކައާއިހަމައަށް 10 މާކްސް ހުށަހަޅާ ލިޔުމުގައިވާ ފައިސާގެމިންވަރު 1 ލައްކައިން މަތިނަމަ 15 މާކްސް 4 ތަޖުރިބާ : % 15 05 ވަނަ ނަންބަރުގެ 6 ގައިވާ ލިޔުން (މިބަޔަށް މާކްސް ދޭނީ މިބާވަތުގެ ތަކެތި ރާއްޖެއަށް އެތެރެކޮށް ވިއްކާތާ ވީ މުއްދަތަށާއި މީގެކުރިން ރަސްމީ އެއްވެސް އިދާރާއަކަށް ނުވަތަ ކުންފުންޏަކަށް ސަޕްލައިކޮށްދީފައިވާނަމަ އެފަރާތަކުން ދީފައިވާ ލިޔުމަށް ބަލައިގެން ތިރީގައިމިވާ ގޮތަށެވެ.) ސަޕްލައިކުރިކޮންމެ އެއްޗަކަށް 5 މާކްސް ޚިދުމަތުގައިވީ މުއްދަތަށް 5 އަހަރަށްވުރެ ކުރުނަމަ ކޮންމެ އަހަރަކަށް 2 މާކްސް 5 އަހަރަށްވުރެ ގިނަނަމަ ޖުމްލަ 15 މާކްސް ވީމާ، މި ބީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 10 ޖެނުއަރީ 2018 ވާ ބުދަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. 09 ރަބީޢުލްއާޚިރާ 1439
Source
Collected from gazette_mv. Documents, clarifications and the authoritative wording stay on the issuing portal — this page never hosts them.
Open the original noticeLast changed 1 week ago. When this source last ran.