Closed
Water
އދ.ހަންޏާމީދޫ ބަނދަރު ސަރަޙައްދުގައި ޒަމާނީ ފެންވަރުގެ ފިއުލް ސްޓޭޝަނެއް ތަރައްޤީކުރުމަށްޓަކައި ބިމެއް ކުއްޔަށްދޫކުރުމާއިގުޅޭ
Shown in the language the agency published it in. No English translation is available.
- Agency
- އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ
- Market
- Maldives
- Reference
- (IUL)347-ES/347/2026/40
- Category
- ބީލަން
- Published
- 29 Sep 2026
- Closes
- 12 Oct 2026, 08:00 add to calendar
Description
އދ.ހަންޏާމީދޫ ބަނދަރު ސަރަޙައްދުގައި ޒަމާނީ ފެންވަރުގެ ފިއުލް ސްޓޭޝަނެއް ތަރައްޤީކުރުމަށްޓަކައި 2010 އަކަފޫޓުގެ (67ފޫޓު 30ފޫޓު) ބިމެއް ކުއްޔަށް ދޫކުރުމަށް މި އިދާރާއިން ވަނީ ކަނޑައަޅާފައެވެ. މި ބިމަކީ ގިނަވެގެން 25 އަހަރު ދުވަހުގެ މުއްދަތަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިމެކެވެ. މި ބިމުގައި އޮޑިދޯނިފަހަރަށާއި އެއްގަމު ދުއްވާ އުޅަނދުފަހަރަށް ތެޔޮ އަޅައިދީ، ތެޔޮ ވިއްކުމުގެ ޚިދުމަތް ދިނުމާއި، މިއާ ގުޅުންހުރި ވިޔަފާރިތައް ކުރުމަށް ބިން ކުއްޔަށް ހިފުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ޝައުޤުވެރިވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. 29 ސެޕްޓެމްބަރ 2026 ވަނަ ދުވަހުގެ 13:00 އިން 6 އޮކްޓޫބަރ 2026 ވާ އަންގާރަ ދުވަހުގެ 14:00 ގެ ނިޔަލަށް ބިޑް ފޯމް މި ކައުންސިލް އިދާރާއިން ގަންނަން ލިބެން ހުނަނާނެއެވެ. ބިޑްފޯމެއްގެ އަގަކީ -/2000 (ދެހާސް) ރުފިޔާއެވެ. ބިޑް ފޯމް ގަތުމަށް ކައުންސިލް އިދާރާގެ އެކައުންޓް ނަންބަރ 7722700350001 (1392 REVENUE 1) އަށް ފައިސާ ޓްރާންސްފަރ ކުރުމަށްފަހު ސްލިޕް ތަފްސީލާއިއެކު މި އިދާރާގެ އީމެއިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ، ކައުންސިލް އިދާރާއަށް ދުރުވެ ނަގުދު ފައިސާއިން މި ފައިސާ ދެއްކެވޭނެއެވެ. މަޢުލޫމާތު ދިނުން މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުން ކުރިއަށް ދާނީ، 07 އޮކްޓޫބަރ 2026 ވާ ބުދަ ދުވަހު 13:00 ގައި ހަންޏާމީދޫ ކައުންސިލް އިދާރާގެ މީޓިން ރޫމްގައެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ، ބިޑްފޯމަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް އެކަންޏެވެ. މި ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކުގެ އިތުރު ހުށަހެޅުމެއް ނެތްނަމަ، ބައްދަލުވުމަށްފަހު ބިޑް ފޯމް، ބައްދަލުވުމުގެ ބައިވެރިންނަށް ޙަވާލުކުރެވޭނެއެވެ. ނުވަތަ އީމެއިލްގެ ޒަރިއްޔާއިން ފޮނުވޭނެއެވެ. ބީލަން ހުށަހެޅުން މި ބީލަމުގައި ބައިވެރިވެލެއްވޭނީ ޤާނޫން ނަންބަރު: 2014/18 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫން) އާއި، ޤާނޫން ނަންބަރު: 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫން) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށެވެ. ޕްރޮޕޯސަލްތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން ނަންބަރާއި، ކޮންކަމަކަށް ހުށައެޅޭ އަންދާސީހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ކާކުކަން އެނގޭނެފަދަ ރަސްމީ ލިޔުމެއް ގެންނަން ވާނެއެވެ. ކުންފުންޏަކުން ބީލަން ހުށަހަޅާ ނަމަ، ނުވަތަ ބީލަން ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާ ނަމަ، ބީލަން ހުށަހަޅާ ފަރާތުގެ ސިޓީ (ޕަވަރ އޮފް އެޓާރނީ) އަކާއި ބަދަލުގައި ފޮނުއްވާ ފަރާތަކީ ކާކުކަން އަންގައިދޭ ލިޔުމެއް ބީލަމާއި ވަކިން ހުށާހަޅުއްވަން ވާނެއެވެ. ބީލަމާއި ވަކިން ހުށަހެޅުމަށް ކަނޑައަޅާފައިވާ އެއްވެސް ލިޔުމަކީ ބީލަމުގެ ބައެއް ކަމުގައި ބަލައެއް ނުގަނެވޭނެއެވެ. ބީލަމަށް ކުރިމަތިލާ ކޮންމެ ފަރާތަކަށްވެސް ހުށައެޅޭނީ 1 (އެކެއް) ބީލަމެވެ. އަދި ބީލަން ހުށައެޅުމުގެ ބައްދަލުވުމުގައި ބައިވެރިވާ ކޮންމެ ބައިވެރިއަކަށްވެސް ހުށައެޅޭނީ 1 (އެކެއް) ބީލަމެވެ. ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 12 އޮކްޓޫބަރ 2026 ވާ ހޯމަ ދުވަހުގެ 13:00 ގައި އދ.ހަންޏާމީދޫ ކައުންސިލްގެ އިދާރާގައެވެ. މި ބައްދަލުވުމަށް ގަޑިއަށް ޙާޟިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. މި ބީލަމާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6680056 އަށް ގުޅުއްވާ، މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
Source
Collected from gazette_mv. Documents, clarifications and the authoritative wording stay on the issuing portal — this page never hosts them.
Open the original noticeLast changed 3 days ago. When this source last ran.