tenders.watch
No closing date published Water

Purchase of a container to be used by students for drinking water

Agency
ޢިމާދުއްދީން ސްކޫލް
Market
Maldives
Reference
(IUL)IM/1/2023/24
Category
ގަންނަން ބޭނުންވާ ތަކެތި
Published
11 Apr 2023

Description

މިސްކޫލްގެ ދަރިވަރުންގެ ބޭނުމަށް 1430 ފެންބޯފުޅި ގަންނަން ބޭނުންވާތީ، ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ. މިޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ފަރާތްތަކަށް 11 އެޕްރީލް 2023 އިން 16 އޭޕްރީލް 2023 ގެ 14:00 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް ފޯމް ހުށަހެޅުއްވުމުން ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. ފުޅި ތައްޔާރުކުރެވިފައި ހުންނަންވާނީ ޕްލާސްޓިކުންނެވެ. ފުޅީގެ ނަމޫނާ ފޮޓޯއެއް މިއިއުލާނާއިއެކު އެޓޭޗްކުރެވިފައިވާނެއެވެ. ފުޅި ތައްޔާރުކުރާއިރު އަސްލަށް ބަދަލު ނާންނަގޮތަށް ފުޅީގެ ޑިޒައިން ބަދަލުކުރެވިދާނެއެވެ. ނަމަވެސް ފުޅީގައި ލޯގޯ ހިމެނޭގޮތަށް އޮރެންޖް ކުލަ ބޭނުންކުރެވިފައި ހުންނަންވާނެއެވެ. ބިޑް ހުށައަޅާއިރު އެފަރާތަކުން ތައްޔާރުކުރަން ހުށައަޅާ ފުޅީގެ ޑިޒައިން ބިޑާއެކު ހުށައަޅަންވާނެއެވެ. ރެޖިސްޓްރޭޝަން ފޯރމް ލިންކް: https://forms.gle/DAr6CgzmHoUpMCzE8 މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 16 އޭޕްރީލް 2023 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ. ބިޑް ހުޅުވުން އޮންނާނީ 17 އޭޕްރީލް 2023 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ޢިމާދުއްދީން ސްކޫލް (ރެހެންދި ހިނގުން/ގަލޮޅު) ގައެވެ. މި ޕްރޮޖެކްޓާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ. ޢިމާދުއްދީން ސްކޫލް ރެހެންދި ހިނގުން، މާލެ، ދިވެހިރާއްޖެ ފޯން: , 33157633315759 އީމެއިލް: [email protected]

Source

Collected from gazette_mv. Documents, clarifications and the authoritative wording stay on the issuing portal — this page never hosts them.

Open the original notice

Last changed 1 week ago. When this source last ran.

Share this notice

WhatsApp Telegram Email