Open for bids
Water
މަސްކައްކާ ހިއްކާ ބިމުގައި ފެންސް ޖެހުން
Shown in the language the agency published it in. No English translation is available.
- Agency
- މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
- Market
- Maldives
- Reference
- (IUL)308/2026/47
- Category
- މަސައްކަތް
- Published
- 11 Oct 2026
- Closes
- 15 Oct 2026, 08:00 add to calendar
Description
ޕްރޮޖެކްޓް ނަންބަރު: PC/308/2026/13 މިކައުންސިލުން ދޫކޮށްފައިވާ މަސްކައްކާ ހިއްކާ ބިންތަކުގެ ވަށައިގެން ފެންސްޖަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މަސައްކަތުގެ ތަފްޞީލް ފެންސްޖަހާ ސަރަޙައްދުގެ ބިންގަނޑު ލެވަލްކުރުން. އެނެކްސް 1 އަދި 2 ގައިވާ ކުރެހުންތަކާއި އެއްގޮތަށް، 1.5އިންޗި، ދަގަނޑު ހޮޅިން ފެންސްހަދައި، ގޭޓްތައް ހަރުކުރުން. ފެންސްގެ ހުރަހަށް 9’.5’’ ފޫޓުން ހޮޅިޖެހުން. (ބިމަށްޖަހާ ހޮޅި) ހޮޅީގެމަތި ބަންދުކުރަންވާނެއެވެ. ހޮޅި އަޅާނީ ވެލްޑިންކޮށްގެންނެވެ. ފެންސާއި ގޭޓުތަކުގެ ބޭރުގައި އާދައިގެ ޓިނުޖެހުން. ޓިނުޖަހާނީ އެންގަލް ކޮއްޗޭ އިސްކުރު ބޭނުންކޮށްގެންނެވެ. އެގޮތުން ހުރަހަށް އަޅާފައިވާ 3 ހޮޅިން 1×1 ފޫޓުން، އެންގަލް ކޮއްޗޭ އިސްކުރު ޖަހަންވާނެއެވެ. ފެންސްގެ އުސްމިން: ބިމުލެވަލްއިން 6 އިންޗި އުސްމިނުގައި 7 ފޫޓްގެ ފެންސްޖެހުން. ދީފައިވާ ކުރެހުމާއިއެއްގޮތަށް ކޮންމެ ބިމަކަށް މަގުމަތިން ވަދެވޭގޮތަށް ގޭޓެއް ހަދައި ހަރުކުރުން. ވެލްޑިންކުރަންޖެހޭ ތަންތަނުގެ ވެލްޑިންގަނޑުގައި ރެޑްލެޑު ލުމާއިއެކު ހޮޅިތަކާއި ފެންސްގެ ދެފަރާތުން އަޅިކުލައިގެ މެރިންދަވާދެއްލުން. ބުޑުގެ މިން:- 1×2×1 ފޫޓް ކޮންކުރިޓްގެ ރޭސިއޯ:- 1:2:3 ސިމެންތި،ހިލަވެލި ،ހިލަ ފެންސްގައި ޖަހާ ޓިނު: އާދައިގެ މަގުހިމަ، ދަގަނޑު ޓިނު (ގަދަޓެގު) ކަން ލަނބަންޖެހޭ ތަންތަން، 10 ފޫޓުން ލެނބުން. ރަޖިސްޓްރީކުރުން 2026 އޮކްޓޫބަރު 14 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން ބިޑް ރަޖިސްޓްރީކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ފޯމުގެ ލިންކް ތިރީގައި އެވަނީއެވެ. މަސްކައްކާ ހިއްކާ ބިމުގައި ފެންސްޖެހުމުގެ ބިޑުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުން މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރައްވާނީ 2026 އޮކްޓޫބަރު 14 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައި ދަންނަވާފައިވާ އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ. އީމެއިލް އެޑްރެސް: [email protected] ކޮޕީ: [email protected] އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަނޑި އާއި ހުށަހަޅާނެގޮތް · 2026 އޮކްޓޫބަރު 15 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް. އަންދާސީ ހިސާބު ހުށަހަޅާނީ މިއިދާރާއަށް ވަޑައިގެންނެވެ. އަންދާސީ ހިސާބު ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހަޅާ ދުވަހު އަންދާސީ ހިސާބު ހުށަހަޅާ ގަޑީގައެވެ. އަގު ހުށަހަޅަންވީ ގޮތް: - އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ. - ބީލަން ހުށަހަޅަންވާނީ މިކައުންސިލުން ތައްޔާރުކޮށްފައިވާ ބީލަން ފޯމުންނެވެ. - އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ. - ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ. " ފެންސްޖެހުން" މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް: - ވިޔަފާރީގެ މުއްދަތު ހަމަނުވާ ރަޖިސްޓްރީގެ ކޮޕީ. - އަންދާސީ ހިސާބު ހުށަހަޅާ ފޯމް. - ޓެކްސް ކުލިއަރެންސް ރިޕޯޓް. ޕޮއިންޓް ދެވޭގޮތުގެ ތަފްސީލު: ޕޮއިންޓް ދިނުމުގައި ބަލާ މިންގަނޑު ތަކަކަކީ: - އަގު %80 - ތަޖުރިބާ: ދިހަ އިންސައްތަ - މުއްދަތު: ދިހަ އިންސައްތަ ބިޑް އިވެލުއޭޓްކުރުމުގައި އަގުގެ ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ އެންމެ ކުޑައަގެވެ. ތަޖުރިބާއަށް ޕޮއިންޓް ދިނުމުގައި ބަލާނީ ފާއިތުވި 2 އަހަރު ކޮށްފައިވާ މިފަދަ މަސައްކަތްތަކުގެ ލިޔުމަށެވެ. ބިޑް އިވެލުވޭޓްކުރުމުގައި މުއްދަތުގެ ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ އެންމެ ކުރު މުއްދަތެވެ. ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ. ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ. ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ "ބީލަންވެރިޔާ މައްސަލަ ހުށަހަޅާ ފޯމް" ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ. މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
Source
Collected from gazette_mv. Documents, clarifications and the authoritative wording stay on the issuing portal — this page never hosts them.
Open the original noticeLast changed 12 hours ago. When this source last ran.