tenders.watch
Closed

ހއ. އިހަވަންދޫ ކުޑަކުދިންގެ ޕާކުގެ ތިން ސަރަޙައްދެއްގައި އަޅާފައިވާ ޓާފުތައް ނަގައި، އާ ޓާފު އަޅައިދިނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

Shown in the language the agency published it in. No English translation is available.

Agency
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
Market
Maldives
Reference
(IUL)248-PRU/248/2026/89
Category
ބީލަން
Published
29 Sep 2026
Closes
8 Sep 2026, 09:00 add to calendar

Description

ހއ. އިހަވަންދޫ ކުޑަކުދިންގެ ޕާކުގެ ތިން ސަރަޙައްދެއްގައި އަޅާފައިވާ ޓާފުތައް ނަގައި، އާ ޓާފު އަޅައިދިނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު މި އިދާރާގެ ނަންބަރު(IUL)248-PRU/248/2026/78 (03 ސެޕްޓެންބަރު 2026) އިއުލާނާއި ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ އަލުން އިއުލާނުކޮށް ބީލަމަށް ހުޅުވާލަމެވެ. ވީމާ، މިއިޢުލާނާއެކު ގެޒެޓުކުރެވިފައިވާ މަޢުލޫމާތާއި އެއްގޮތަށް ބީލަން ހުށަހެޅުއްވުމަށް ދެންނެވީމެވެ. ބީލަމުގައި ރަޖިސްޓްރީ ވުމަށް މެއިލް ކުރައްވާނީ [email protected] އަށެވެ. ފޯނުން ރަޖިސްޓްރީވުމަށް ގުޅުއްވާނީ 6500256 އަށް ރަސްމީ ގަޑީގައެވެ. އަންދާސީ ހިސާބު ހުށަހަޅާންވާނީ އޭ 4 ސައިޒް ސިޓީ އުރައެއްގައި ބަންދުކޮށް " ހއ. އިހަވަންދޫ ކުޑަކުދިންގެ ޕާކުގެ ތިން ސަރަޙައްދެއްގައި އަޅާފައިވާ ޓާފުތައް ނަގައި، އާ ޓާފު އަޅައިދިނުމުގެ މަސައްކަތްކުރުން " މިހެން ލިޔެފައެވެ. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. މި މަސައްކަތް ކޮށްދެވޭނީ ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރިފަދަ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓު، ފަރުދީ ވިޔަފާރި ފަދަ ތަނަކުން މައުލޫމާތު ސާފުކުރުމަށް ނުވަތަ އަންދާސީ ހިސާބު ހުށައެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ އެތަނެއްގެ ރަސްމީ ސިޓީއަކާއި އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީއެއް ގެންނަށް ވާނެއެވެ. ބިޑްގައި ރަޖިސްޓްރީ ނުވާ ފަރާތްތަކުގެ ހުށައެޅުން ބަލައެއް ނުގަނެވޭނެއެވެ. ބައިވެރިވާ ފަރާތްތަކުން ކުރަންޖެހޭ މަސައްކަތް ބީލަމުގައި ރަޖިސްޓްރީ ކުރުމާއި އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން ދުވަސް ތާރީޚު ގަޑި ބީލަމުގައި ރަޖިސްޓަރީ ކުރުމުގެ ސުންގަޑި ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ ބުރާސްފަތި 08 އޮކްޓޫބަރ 2026 14:00 އަށް އަންދާސީހިސާބު ހުށަހެޅުން ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ ހޯމަ 12 އޮކްޓޫބަރ 2026 11:30 ގައި މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

Source

Collected from gazette_mv. Documents, clarifications and the authoritative wording stay on the issuing portal — this page never hosts them.

Open the original notice

Last changed 21 hours ago. When this source last ran.

Share this notice

WhatsApp Telegram Email