Open for bids
Ict
މި ކުންފުނީގެ ބޭނުމަށް Privileged Access Management (PAM) and Database Activity Monitoring (DAM) Platform އެއް ހޯދުމާ ގުޅޭ
Shown in the language the agency published it in. No English translation is available.
- Agency
- އާސަންދަ ކޮމްޕެނީ ލިމިޓެޑް
- Market
- Maldives
- Reference
- ASND/GA/IUL/2026/35
- Category
- މަސައްކަތް
- Published
- 7 Oct 2026
- Closes
- 15 Oct 2026, 10:00 add to calendar
Description
ނަންބަރ: ASND/GA/IUL/2026/35 މި ކުންފުނީގެ ބޭނުމަށް Privileged Access Management (PAM) and Database Activity Monitoring (DAM) Platform އެއް ހޯދަން ބޭނުންވެއްޖެއެވެ. މި މަސައްކަތަށް ރަޖިސްޓަރވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބިޑް ޑޮކިއުމެންޓް ވިއްކުމަށް ވަނީ ހަމަޖެހިފައެވެ. ބިޑް ޑޮކިއުމެންޓުގެ އަގަކީ 500ރ، (ފައްސަތޭކަ ރުފިޔާ) އެވެ. ބިޑް ޑޮކިއުމެންޓް ވިއްކުން އޮންނާނީ 08 އޮކްޓޯބަރ 2026 އިން 15 އޮކްޓޯބަރ 2026 ވަނަ ދުވަހުގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ 09:00 އިން 15:00 އަށް އާސަންދަ ކުންފުނީގެ މައި އޮފީހުގައެވެ. ބިޑް ޑޮކިއުމެންޓަށް ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އޮންލައިން ޓްރާންސްފަރ މެދުވެރިކޮށެވެ. ފައިސާ ޖަމާކުރަންވީ ގޮތުގެ ތަފްސީލު ހާޒިރުވާ ފަރާތްތަކަށް ހިއްސާކުރެވޭނެއެވެ. ރެޖިސްޓްރީ ކުރާ ފަރާތްތަކަށް މިމަސައްކަތާ ގުޅޭ މައުލޫމާތު ކަރުދާސް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ. މަދުވެގެން 3 ފަރާތަކުން ރެޖިސްޓްރީ ކޮށްފައިނުވާނަމަ މި އިޢުލާން ބާތިލުކޮށް އަލުން އިޢުލާން ކުރުމުގެ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ. ބިޑު ހުށަހަޅާ ފަރާތްތަކުން މި މަސައްކަތުގެ ބިޑް ސެކިއުރިޓީ ގޮތުގައި -/ 13،662 ރ، ( ތޭރަހާސް ހަސަތޭކަ ފަސްދޮޅަސް ދެ ރުފިޔާ) ބިޑާއެކު ހުށަހަޅަންވާނެއެވެ. ބިޑު ސެކިއުރިޓީގެ ގޮތުގައި ކަނޑައެޅިފައިވާ މިންވަރު ފައިސާގެ ގޮތުގައި ނުވަތަ ބޭންކް ގެރެންޓީ ގޮތުގައިވެސް ހުށަހެޅިދާނެއެވެ. ބިޑު ސެކިއުރިޓީގެ ގޮތުގައި ބެހެއްޓުނު ފައިސާ ނުވަތަ ބޭންކް ގެރެންޓީ، ކަނޑައެޅޭ މުއްދަތު ނިމުމުން އަނބުރާ ހަވާލުކުރެވޭނެއެވެ. 22 އޮކްޓޯބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ވެބް މީޓިންގ އެއް މެދުވެރިކޮށް އަންދާޒީ ހިސާބު ހުށަހެޅުން އޮންނާނެއެވެ. ވެބް މީޓިންގގެ ލިންކް، ރެޖިސްޓްރީކުރައްވާފައިވާ ފަރާތްތަކަށް މެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ. އަންދާސީ ހިސާބު ފޮނުވާނީ މެއިލްގެ ޒަރިއްޔާއިން މި ދެންނެވި މީޓިންގގައެވެ. ކަނޑައެޅިފައިވާ ސުންގަޑިއަށް ރެޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކާއި ވެބް މީޓިންގައި ބައިވެރިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެވެ. ޕްރޮކިޔުމެންޓް ސެކްޝަން ފެން ބިލްޑިންގ، 3ވަނަ ފަންގިފިލާ އަމީނީ މަގު، މައްޗަންގޯޅި، 20375 މާލެ، ދިވެހިރާއްޖެ އީމެއިލް: [email protected] ވެބްސައިޓް: www.aasandha.mv ފޯން: 3011483 / 7451400
Source
Collected from gazette_mv. Documents, clarifications and the authoritative wording stay on the issuing portal — this page never hosts them.
Open the original noticeLast changed 1 day ago. When this source last ran.