Closed
މިނިސްޓްރީ އޮފް ހެލްތު ފެމެލީ އެންޑް ވެލްފެއަރ (އެފް.ސީ.އެސް.ސީއިން) އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ކެއަރ ވޯކަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމް" ގެ 6 ބެޗުގެ ކޭޓަރިންގ ޚިދުމަތްފޯރުކޮށްދޭނެ ފަރާތެއް
Shown in the language the agency published it in. No English translation is available.
- Agency
- މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ
- Market
- Maldives
- Reference
- (IUL)23-PD(PMS)/23/2026/332
- Category
- މަސައްކަތް
- Published
- 30 Sep 2026
- Closes
- 8 Oct 2026, 08:00 add to calendar
Description
އިޢުލާން މިނިސްޓްރީ އޮފް ހެލްތު ފެމެލީ އެންޑް ވެލްފެއަރ (އެފް.ސީ.އެސް.ސީއިން) އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ކެއަރ ވޯކަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމް" ގެ 6 ބެޗުގެ ކޭޓަރިންގ ޚިދުމަތްފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 30 ސެޕްޓެމްބަރ 2026 ވާ ބުދަ ދުވަހުން ފެށިގެން 08 އޮކްޓޯބަރ 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 14 އޮކްޓޯބަރ 2026 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ. މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 11 އޮކްޓޯބަރ 2026 ވާ އާދިއްތަ ދުވަހު މެންދުރުފަހު 12:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. 19 ރަބީޢުލް ޢާޙިރު 1448
Source
Collected from gazette_mv. Documents, clarifications and the authoritative wording stay on the issuing portal — this page never hosts them.
Open the original noticeLast changed 3 hours ago. When this source last ran.