tenders.watch
Open for bids Water

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެންޓަރަލް އެޑްމިނިސްޓްރޭޝަން ޢިމާރާތުގެ އުތުރުފަރާތު މަގުމަތީ ފާރަށް ބަދަލުގެނެސް ފެންސްތަކާއި ގޭޓު ބަދަލުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

Shown in the language the agency published it in. No English translation is available.

Agency
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Market
Maldives
Reference
MNU-CA-PAMD/2026/135
Category
މަސައްކަތް
Published
5 Oct 2026
Closes
21 Oct 2026, 05:00 add to calendar

Description

ބީލަން ހުށަހެޅުމުގެ ދަޢުވަތު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެންޓަރަލް އެޑްމިނިސްޓްރޭޝަން ޢިމާރާތުގެ އުތުރުފަރާތު މަގުމަތީ ފާރަށް ބަދަލުގެނެސް ފެންސްތަކާއި ގޭޓު ބަދަލުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރު MNU-CA-PAMD/2026/98 އިޢުލާނަށް ހުށަހެޅި ބީލަންތަކުގައި މާލީ ހިސާބުކިތާބު ފުރިހަމަނުވުމުގެ ސަބަބުން ޑިސްކޮލިފައިވެފައިވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާންކުރުމަށް ބިޑް ކޮމިޓީން ވަނީ ނިންމާފައެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް އަލުން ފުރުޞަތު ހުޅުވާލަމެވެ. މި ބީލަމުގެ ޕްރީ-ބިޑް ބައްދަލުވުމުގައި ބައިވެރިވުމަކީ ލާޒިމް ކަމެއް ކަމުގައި ދަންނަވަމެވެ. މި ބީލަމާއި ގުޅޭ މަޢުލޫމާތު ޝީޓް މި އިޢުލާނާއި އެޓޭޗް ކުރެވިފައި ވާނެއެވެ. އަދި ހުށަހަޅަންޖެހޭ ފޯމްތައް އިޢުލާނާ އެޓޭޗް ކުރެވިފައިވާ ވާނެއެވެ. މި ބީލަމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅާ ބީލަމުގެ އަގު 500،000.00ރ (ފަސްލައްކަ ރުފިޔާ) އަށްވުރެ މަތިވާނަމަ، މަޢުލޫމާތު ޝީޓުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހުށަހަޅާ ބީލަމުގެ އަގަށް ބިޑް ސެކިއުރިޓީއެއް ހުށަހަޅަންޖެހޭނެއެވެ. މި ބީލަމާ ގުޅިގެން ބާއްވާ ޕްރީ-ބިޑް/ސައިޓް ވިޒިޓް އޮންނާނީ 13 އޮކްޓޯބަރ 2026 ވަނަ ދުވަހު 10:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒު (ރަށްދެބައިހިނގުން، މާލެ) ގައެވެ. ޕްރީ ބިޑް މީޓިންގއަށް ޙާޟިރުނުވާ ފަރާތްތަކުގެ ބީލަންތައް ޑިސްކޮލިފައި ކުރެވޭނެއެވެ. ބީލަން ހުށަހެޅުން އޮންނާނީ 21 އޮކްޓޯބަރ 2026 ވަނަ ދުވަހު 10:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒު (ރަށްދެބައިހިނގުން، މާލެ) ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އިޢުލާނު ނަންބަރު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ. އިސްވެދެންނެވިފައިވާ ގަޑިއަށް ބީލަން ހުށަހެޅުމަށް ހާޒިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ. ބީލަމާ ގުޅޭ އެންމެހައި ކަންކަމުގައި ޢަމަލުކުރެވޭނެ އުޞޫލު މި އިއުލާނާ އެޓޭޗް ކުރެވިފައިވާނެއެވެ. އަދި އެޓޭޗް ކުރެވިފައިވާ ލިޔުންތައް ފުރުމަށްފަހު ބީލަމާ އެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔުންތައް ހުށަހަޅަންޖެހޭނެއެވެ. ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ތިރީގައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ބަޔާންކޮށްފައިވާ ފޯން ނަންބަރަށް ގުޅުއްވުން އެދެމެވެ. މަސައްކަތާ ގުޅޭ މައުލޫމާތެއްނަމަ: ބީލަމާ ގުޅޭ އިދާރީ މައުލޫމާތެއް ނަމަ؛ ފެސިލިޓީސް މެނޭޖްމަންޓް ޑިޕާރޓްމަންޓް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ރަށްދެބައިހިނގުން، މާލެ، ދިވެހިރާއްޖެ ފޯން: 3345134, 3345201, 3345196 އީ-މެއިލް: [email protected] ޕްރޮކިޔުމަންޓް އެންޑް އެސެޓް މެނޭޖްމަންޓް ޑިޕާރޓްމަންޓް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ރަށްދެބައިހިނގުން، މާލެ، ދިވެހިރާއްޖެ ފޯން: 3345109, 33451483345110، 3345111 އީ-މެއިލް: [email protected]

Source

Collected from gazette_mv. Documents, clarifications and the authoritative wording stay on the issuing portal — this page never hosts them.

Open the original notice

Last changed 8 hours ago. When this source last ran.