tenders.watch
Closed Water

Procurement of materials required for the water and sewerage system

Agency
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
Market
Maldives
Reference
FNK-K(T)/FNK/IUL/2016/090
Category
ގަންނަން ބޭނުންވާ ތަކެތި
Published
1 Sep 2016
Closes
17 Sep 2016, 19:00 add to calendar

Description

އިޢުލާން ފެނާއި ނަރުދަމާ ނިޒާމަށް ބޭނުންވާ ތަކެތި ހޯދުމާ ގުޅޭ މި ކުންފުނީގެ ބްރާންޗުތަކުގެ ފެނާއި ނަރުދަމާ ނިޒާމަށް ދިމާވާ ކުއްލި މައްސަލަތައް ޙައްލުކުރުމަށް ބޭނުންވާ ތަކެތި ހޯދުމަށް ކުރެވުނު ނަންބަރު: FNK-K(T)/FNK/IUL/2016/083 (18 އޮގަސްޓު 2016) އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މި ފުރުޞަތު އަލުން ހުޅުވާލަމެވެ. ބިޑާ ގުޅޭ މަޢުލޫމާތު ކަރުދާސް 2016 ސެޕްޓެންބަރު 4 ން 8 ގެ ނިޔަލަށް ރަސްމީ ގަޑީގައި 8:30 އިން 15:00 އަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށް ވަޑައިގަތުމުން ލިބިވަޑައިގަންނަވާނެއެވެ. ނުވަތަ މި ކުންފުނީގެ ޓެންޑަރ އެންޑް ފޮރިން ޕަރޗޭސް ޑިވިޜަންގެ ރަސްމީ މެއިލް [email protected] އަށް ރިކުއެސްޓްކުރުމުން މަޢުލޫމާތު ކަރުދާސް މެއިލްކުރެވޭނެއެވެ. މި ބިޑުގައި ބައިވެރިވެވޭނީ ހަމައެކަނި މަޢުލޫމާތު ކަރުދާސް ދޫކުރެވޭ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ. ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 ސެޕްޓެންބަރު 18 ވާ ހޯމަ ދުވަހުގެ 11:00 ގައި މި ކުންފުނީގެ ހެޑް އޮފީހުގެ (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ޖަލްސާކުރާ މާލަމުގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތްތަކުގެ ހާޒިރުގައެވެ. މި ގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މި ބިޑުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ސަރުކާރުގެ އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކަށް އެކަންޏެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ރަސްމީ ގަޑީގައި 3018131 ނަންބަރު ފޯނު މެދުވެރިކޮށް ޓެންޑަރ އެންޑް ފޮރިން ޕާޗޭސް ޑިވިޜަނަށެވެ. 29 ޛުލްޤަޢިދާ 1437

Source

Collected from gazette_mv. Documents, clarifications and the authoritative wording stay on the issuing portal — this page never hosts them.

Open the original notice

Last changed 1 week ago. When this source last ran.