tenders.watch
Closed

މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާވް އޮފީހުގެ ދަށުން ބަލަހައްޓަމުންދާ އުޅަނދުފަހަރަށް ބޭނުންވާ ޕެޓްރޯލް، 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

Shown in the language the agency published it in. No English translation is available.

Agency
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ
Market
Maldives
Reference
(IUL)446/1139/2026/3
Category
މަސައްކަތް
Published
30 Sep 2026
Closes
15 Oct 2026, 05:00 add to calendar

Description

ބީލަން ހުށަހެޅުމުގެ ދަޢުވަތު (2ވަނަ އިޢުލާން) މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާވް އޮފީހުގެ ދަށުން ބަލަހައްޓަމުންދާ އުޅަނދުފަހަރަށް ބޭނުންވާ ޕެޓްރޯލް، 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ދައުވަތު ބ.އަތޮޅު ބަޔޮސްފިއަރ ރިޒާވް އޮފީހުން އަރުވަމެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ ގޮތުން އެޓޭޗްކޮށްފައިވާ (ޓާރމްސް އޮފް ރެފަރެންސް/ މައުލޫމާތު ޝީޓު) ގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ހުށަހަޅަންވާނެއެވެ. މި މަސައްކަތުގެ "ޓާރމްސް އޮފް ރެފަރެންސް / މައުލޫމާތު ޝީޓު" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗްކޮށްފައި ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ. ބިޑް ރަޖިސްޓްރީ ކުރުން ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން 2026 އޮކްޓޯބަރ 06 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އީމެއިލް އެޑްރެހަށް ބީލަން ހުށަހެޅުމުގެ ޝައުގުވެރިކަން ފާޅުކުރައްވައި އީމެއިލްކުރުމުން، ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަން ހުށަހަޅުއްވާއިރު، ތިރީގައިވާ މަޢުލޫމާތު ފުރިހަމަ ކުރެއްވުން އެދެމެވެ. ކުންފުނީގެ ނަން ނުވަތަ ބަދަލުގައި ކުންފުނި ތަމްސީލު ކުރައްވާ ފަރާތުގެ ނަމާއި އެޑްރެސް ކުންފުނީގެ ރަޖިސްޓްރީ ނަމްބަރު ކުންފުނީގެ އީ-މެއިލް އެޑްރެސް ރަޖިސްޓްރީ ކުރާ ފަރާތުގެ ފޯން ނަންބަރު އީމެއިލް އެޑްރެސް [email protected] : ކޮޕީ: [email protected] : ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީހާއި ވަގުތު، ބީލަން ހުށަހަޅާ ފަރާތުގެ ނަން، އީމެއިލް-އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީހުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ. ބީލަން ހުށަހަޅާނީ 2026 އޮކްޓޯބަރ 15 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން ބ.އަތޮޅު ބަޔޮސްފިއަރ ރިޒާވް އޮފީހަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަން ހުޅުވުމަށް ހަމަޖެހިފައި ވަނީ 2026 އޮކްޓޯބަރ 15 ވާ ބުރާސްފަތި ދުވަހުގެ 10:05 ގައި، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. އިތުރު މަޢުލޫމާތު ސާފުކުރުން މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރާނީ 2026 އޮކްޓޯބަރު 04 ވާ އާދިއްތަ ދުވަހުގެ 14:00ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލް ކުރާއިރު ސަބްޖެކްޓްގައި އިއުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ. އީމެއިލް އެޑްރެސް [email protected] : ކޮޕީ: [email protected] : އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި ތިރީގައި ވާ ގޮތަށް އެޑްރެސް ކޮށްފައެވެ. “Do not Open Before 15 th October 2026 at 1005hrs – Supplying of Petrol for Baa Atoll Biosphere Reserve Office’s Vessels (Round 2)– (IUL)446/1139/2026/3” and the submitting party’s name and address ޕްރޮކިއުމަންޓް ޑިޕާޓްމަންޓް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ ފާށަނާމާލަން،ދަރުބާރުގެ،އަމީނީމަގު،ހެންވޭރު،މާލެ، 20344، ދިވެހިރާއްޖެ އީމެއިލް: [email protected] / [email protected] ވެބްސައިޓް: www.evironment.gov.mv ނޯޓް: މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއަށް އޮފީހަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައި ވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިވުޒާރާއަށް ލިބިގެންވެއެވެ.

Source

Collected from gazette_mv. Documents, clarifications and the authoritative wording stay on the issuing portal — this page never hosts them.

Open the original notice

Last changed 2 days ago. When this source last ran.