Open for bids
Water
ސްކޫލު ދަރިވަރުންގެ އެކްޓިވިޓީ ރަސްމީ ޔުނީފޯމުގެ ޓައީ ތައްޔާރުކުރުމާއިގުޅޭ
Shown in the language the agency published it in. No English translation is available.
- Agency
- ހިދާޔާ ސުކޫލް/ ނ. މިލަދޫ
- Market
- Maldives
- Reference
- GS116-IUL/2026/026
- Category
- ބީލަން
- Published
- 11 Oct 2026
- Closes
- 20 Oct 2026, 08:30 add to calendar
Description
ހިދާޔާ ސްކޫލް ނ.މިލަދޫ ދިވެހިރާއްޖެ ނަމްބަރު:GS116(IUL) /2026/26 އެކްޓިވިޓީ ޔުނީފޯމާއި ސްކޫލްގެ ރަސްމީ ޔުނީފޯމްގެ ޓައީ ތައްޔާރު ކުރުމާއި ގުޅޭ މިސްކޫލު ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމާއި ރަސްމީ ޔުނީފޯމުގެ ޓައީ ތައްޔާރުކުރަން ބޭނުންވެގެން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް 17 އޮގަސްޓް 2026ގައި މިސްކޫލުންކުރެވުނު 23/2026/GS116(IUL) ނަންބަރު އިޢުލާނާއި ގުޅިގެން ކުރިމަތިލާފައިވަނީ އެންމެ ފަރާތަކުން ކަމުގައިވާތީއާއި އެފަރާތުން ހުށައަޅާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާންކުރަމެވެ. މިގޮތުން މި މަސައްކަތަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލެވިފައި މިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ ( ޤާނޫންނަމަބަރު: 2014/18 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ( ޤާނޫން ނަންބަރު: 2014/19 ) ގެ ދަށުން އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރެވި ފައިވާ ފަރާތްތަކަށެވެ. ވީމާ މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި ގަޑިތަކަށް މިސްކޫލަށް ވަޑައިގެން، މައުލޫމާތު ސާފުކުރެއްވުމަށް ފަހު އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. ބިޑް ރެޖިސްޓްރީ ކުރުމަށް ތިރީގައިވާ ލިންކް މެދުވެރިކޮށް 14 އޮކްޓޫބަރ 2026 ގެ 13:30 ގެ ކުރިން ފޯމްހުށައެޅުއްވުން އެދެމެވެ. ގޫގުލް ފޯމް ލިންކް: https://forms.gle/8z9mBRWKaPepo7QX7 ތަފްޞީލް ތާރީޚް ގަޑި ތަން ރަޖިސްޓްރީ ކުރުން 11 އޮކްޓޫބަރ 2026 ން 14 އޮކްޓޫބަރ 2026 13:30 އޮންލައިން ފޯމް ބިޑު ހުށައެޅުން 20 އޮކްޓޫބަރ 2026 13:30 ހިދާޔާސްކޫލް ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ ވެރިފަރާތުގެ ސިޓީއަކާއި އައި.ޑީ ކާޑުގެ ކޮޕީ ހުށައަޅުއްވަން ވާނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، މި ސްކޫލާއި ގުޅުއްވާ މައުލޫމާތު ސާފުކުރެއްވުން އެދެމެވެ. ފޯން: 6560572 ފެކްސް: 6561801 އީމެއިލް: [email protected] 30 ރަބީއުލްއާޚިރު 1448 11 އޮކްޓޫބަރ 2026
Source
Collected from gazette_mv. Documents, clarifications and the authoritative wording stay on the issuing portal — this page never hosts them.
Open the original noticeLast changed 7 hours ago. When this source last ran.