tenders.watch
Closed Water

Re-invitation for Bids: Procurement of Chemicals and Laboratory Equipment Required for the Water System Established in Addu City, to Supply and Deliver

Agency
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
Market
Maldives
Reference
(IUL)438-OFID/1/2018/14
Category
ގަންނަން ބޭނުންވާ ތަކެތި
Published
11 Apr 2018
Closes
25 Apr 2018, 08:00 add to calendar

Description

އަލުން ބީލަން ހުށަހެޅުމުގެ ދަޢުވަތު ު އައްޑޫސިޓީގައި ޤާއިމްކުރެވިފައިވާ ފެނުގެ ނިޒާމަށް ބޭނުންވާ ކެމިކަލްސް އަދި ލެބޯޓްރީ އިކުއިޕްމަންޓް ސަޕްލައިކޮށް ޑެލިވަރ ކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ މިނިސްޓްރީއިން އައްޑޫސިޓީގައި ޤާއިމްކުރެވިފައިވާ ފެނުގެ ނިޒާމަށް ބޭނުންވާ ކެމިކަލްސް އަދި ލެބޯޓްރީ އިކުއިޕްމަންޓް ސަޕްލައިކޮށް ޑެލިވަރ ކޮށްދޭނެ ފަރާތެއް ހޯދުމަށް 18 މާރިޗު 2018 ކޮށްފައިވާ ނަންބަރު (IUL)438-OFID/1/2018/10 އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެ އިޢުލާނު ބާޠިލްކޮށް، އަލުން ބީލަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ. 1. މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީއިން އައްޑޫ ސިޓީގައި ޤާއިމްކުރެވިފައިވާ ފެނުގެ ނިޒާމަށް ބޭނުންވާ ކެމިކަލްސް އަދި ލެބޯޓްރީ އިކުއިޕްމަންޓް ސަޕްލައިކޮށް ޑެލިވަރ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ރާއްޖޭގެ އަދި ރާއްޖޭން ބޭރުގެ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. 2. ވީމާ، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ބޭނުމަށް މި ތަކެތި ގަތުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ރާއްޖޭގެ އަދި ރާއްޖެއިން ބޭރުގެ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. 3. މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުސޫލުގެ މަތިން، ދިވެހިރާއްޖޭގެ މާލިއްޔަތު ޤަވާއިދުގައިވާ ގޮތުގެ މަތިން "ސިންގަލް ސްޓޭޖް ވަން އެންވެލޯޕް" ބިޑިންގ ޕްރޮސެސްގެ ދަށުންނެވެ. 4. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ. 5. މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން [email protected] އަށް އީ-މެއިލް ކުރައްވައިގެން ރަޖިސްޓަރީ ކުރެއްވުން އެދެމެވެ. ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވަޑައިގަތުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓަރީ ކުރެއްވޭނެ އެންމެފަހު ތާރީޚަކީ 22 އެޕްރީލް 2018 އެވެ. ބީލަން ފޮތް ސޮފްޓްކޮޕީ ފޯމެޓުގައި މިމިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. 6. ޕް ރީބިޑް ބައްދަލުވުން: މި މަޝްރޫޢުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 18 އެޕްރީލް 2018 ވާ ބުދަ ދުވަހު 12:30 ގައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ޖަލްސާކުރާ މާލަމުގައެވެ. 7. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 2018 އެޕްރީލް 22 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. 8. މަޝްރޫޢުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 15،000 (ފަނަރަ ހާސް) ދިވެހި ރުފިޔާ ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޙުން ފެށިގެން 28 ދުވަހެވެ. މި މަޝްރޫޢުގެ ޕާފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ 15%، އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ. 9. ބީލަން ހުޅުވުން އޮންނާނީ 2018 އޭޕްރިލް 25 ވާ ބުދަ ދުވަހުގެ 13:00 ގައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ. 10. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ. އޯޕިޑް ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ހަނދުވަރީ ހިނގުން ، މާފަންނު މާލެ، ދިވެހިރާއްޖެ ޓެލެފޯން: 3018450/ 3018453 ފެކްސް: 3018301 [email protected] 11. މި އިޢުލާން މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv ގައި އަޕްލޯޑް ކުރެވިފައިވާނެއެވެ.

Source

Collected from gazette_mv. Documents, clarifications and the authoritative wording stay on the issuing portal — this page never hosts them.

Open the original notice

Last changed 1 week ago. When this source last ran.

Share this notice

WhatsApp Telegram Email