tenders.watch
Closed

Procurement of a supplier to sell the 10 rolls of carpet required for this office.

Agency
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
Market
Maldives
Reference
(IUL)1-CSO(FM)/1/2026/114
Category
ގަންނަން ބޭނުންވާ ތަކެތި
Published
5 Oct 2026
Closes
8 Oct 2026, 06:00 add to calendar

Description

އިޢުލާނު މި އޮފީހަށް ބޭނުންވާ 10 ރޯލް ކާޕެޓް ވިއްކާނެ ފަރާތެއް ހޯދުން މި އޮފީހަށް ބޭނުންވާ 10 ރޯލް ކާޕެޓް (ނޫ ކުލަ) ވިއްކާނެ ފަރާތެއް ހޯދުމަށް 24 ސެޕްޓެންބަރު 2026 ގައި ކުރި، މި އޮފީހުގެ ނަންބަރު (IUL)1-CSO(FM)/1/2026/107 އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުމަށް ތިން ފަރާތުން ޙާޟިރުވެފައި ނުވާތީ، އަލުން އިޢުލާނުކުރަމެވެ. މި ތަކެތި ވިއްކުމަށް އެދޭ ފަރާތްތަކުން ބީލަމުގައި ރަޖިސްޓަރީވުމަށް މި އިޢުލާނުގައިވާ އީމޭލު އެޑްރެހަށް މިދަންނަވާ މަޢުލޫމާތު، 2026 އޮކްޓޫބަރު 8 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން މޭލު ކުރުން އެދެމެވެ. މަޢުލޫމާތު ފުރިހަމަ ނުވާ އަދި މުއްދަތު ހަމަވުމުގެ ފަހުން، ރަޖިސްޓްރީ ވުމަށް ފޮނުވާ އީމޭލުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. ކުންފުނީގެ ނަން: ބިޑު ހުށަހެޅުމަށް އަންނަ ފަރާތުގެ ނަން: އީ-މޭލު: ފޯނު ނަންބަރު: ބީލަމުގައި ރަޖިސްޓްރީ ވުމަށާއި މަޢުލޫމާތު ސާފުކުރުމަށް [email protected] އަށް މޭލުކުރުން އެދެމެވެ. ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2026 އޮކްޓޫބަރު 8 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން ބީލަމުގައި ރަޖިސްޓަރީ ވުމަށްފަހު، 2026 އޮކްޓޫބަރު 14 ވާ ބުދަ ދުވަހުގެ 11:00 އަށް މި އޮފީހަށް ޙާޟިރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. ބީލަމާ ގުޅޭ މައުލޫމާތު ކަރުދާސްތައް މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ. 24 ރަބީޢުލްއާޚިރު 1448

Source

Collected from gazette_mv. Documents, clarifications and the authoritative wording stay on the issuing portal — this page never hosts them.

Open the original notice

Last changed 1 week ago. When this source last ran.

Share this notice

WhatsApp Telegram Email