Open for bids
ކަމަދޫ ސްކޫލް ސެކިޔުރިޓީ ބެލެހެއްޓުން 2027
Shown in the language the agency published it in. No English translation is available.
- Agency
- ކަމަދޫ މަދަރުސާ، ބ. ކަމަދޫ
- Market
- Maldives
- Reference
- (IUL)GS133/2026/S/01
- Category
- މަސައްކަތް
- Published
- 14 Oct 2026
- Closes
- 22 Oct 2026, 09:00 add to calendar
Description
ނަންބަރ: (IUL)GS133/2026/S/01 ބީލަން ހުށައެޅުމުގެ ދަޢުވަތު 2027 ވަނަ އަހަރު، ސްކޫލް ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން 2027 ވަނަ އަހަރު (1 ޖެނުއަރީ 2027 އިން 31 ޑިސެމްބަރ 2027 އަށް) މި ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ. މި މަސައްކަތަށް ބީލަން ހުށައެޅޭނެ ފަރާތްތަކުގެ ޝަރުޠުތައް ބީލަން ފޮތުގައި ބަޔާން ކޮށްފައި ވާނެއެވެ. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2026 އޮކްޓޯބަރ 14 އިން 2026 އޮކްޓޯބަރ 22 ވަނަ ދުވަހުގެ 14:00ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަން ހުށައެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ. މި ޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއް ވާނަމަ 2026 އޮކްޓޯބަރ 22 ވަނަ ދުވަހުގެ 13:00 ގ ެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ. ބީލަން ހުށައެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2026 ނޮވެމްބަރ 25 ވާ އާދިއްތަ ދުވަހުގެ 13:30 ގައި ކަމަދޫ ސްކޫލު އޮފީހުގައެވެ. މި ޕްރޮޖެކްޓާގުޅޭ ބީލަންފޮތް މި އިޢުލާނާއެކު އެޓޭޗް ކޮށްފައި ވާނެއެވެ. މި ޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ. ކަމަދޫ ސްކޫލް ، އޯކިޑްމަގު، ބ. ކަމަދޫ، ދިވެހިރާއްޖެ، ފޯން: 6600015 ، 9496990 އީ-މެއިލް: [email protected] ކޮޕީ އީ-މެއިލް: [email protected] ރަޖިސްޓްރޭޝަން ފޯމްގެ ލިންކު: https://forms.gle/d3rmxogJcKibEiNj9 03 ޖުމާދަލްއޫލާ 1447 14 އޮކްޓޯބަރ 2026
Source
Collected from gazette_mv. Documents, clarifications and the authoritative wording stay on the issuing portal — this page never hosts them.
Open the original noticeLast changed 1 day ago. When this source last ran.