Closed
Water
Procurement of Water Filters
- Agency
- މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
- Market
- Maldives
- Reference
- (IUL)318-HR/318/2022/71
- Category
- ގަންނަން ބޭނުންވާ ތަކެތި
- Published
- 2 Nov 2022
- Closes
- 10 Nov 2022, 08:00 add to calendar
Description
މި ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ފެން ފިލްޓަރ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި އިދާރާގެ ނަންބަރު: (IUL)318-HR/318/2022/66 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަގުތަށް ބޮޑުކަމަށް ވާތީ އެއިޢުލާނު ބާޠިލުކޮށް މި ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ފެން ފިލްޓަރ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި އިޢުލާނާއެކު ޢާންމުކުރެވިފައިވާ ބީލަން ފޮތުގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ފުރިހަމަކޮށް ހުށަހަޅަންވާނެ އެވެ. މި މަސައްކަތުގެ "ބީލަން ފޮތް" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗްކޮށްފައި ވާނެ އެވެ. އަދި މި ކައުންސިލާ ގުޅުއްވުމުން ވެސް ބޭނުވާ ފަރާތްތަކަށް އީމެއިލްގެ ޒަރީޢާއިން ބިޑް ޑޮކިޔުމަންޓް ފޯރުކޮށް ދެވޭނެ އެވެ. ބިޑް ރަޖިސްޓްރީ ކުރުން ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން މި ކައުންސިލްގައި ރަޖިސްޓްރީކުރަންވާނެ އެވެ. މިކަމަށް ޚާއްޞަ ކުރެވިފައިވާ ގޫގުލް ފޯމް https://3c5.com/vbjlw ފުރިހަމަ ކުރައްވާ ސަބްމިޓް ކުރެއްވުމުން ރަޖިސްޓްރީ ކުރުމުގެ މަރުހަލާ ފުރިހަމަވާނެ އެވެ. ރެޖިސްޓްރޭޝަން ކުރިއަށް ދާނީ ގެޒެޓް ކުރެވޭ ދުވަހުން ފެށިގެން 2022 ނޮވެމްބަރ 10 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 12:30ގެ ނިޔަލަށެވެ. މި މުއްދަތުގައި ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. ޕްރީބިޑް ބައްދަލުވުން މި ބިޑާއި ބެހޭ ހުރިހާ މަޢުލޫމާތެއް މި އިޢުލާނާއެކު ގެޒެޓް ކުރެވިފައިވާތީ، މަޢުލޫމަތު ދިނުމަށް އިތުރު ބައްދަލުވުމެއް ނޯންނާނެ އެވެ. ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފަ އެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު، ބީލަން ހުށަހަޅާ ފަރާތުގެ ނަން، އީމެއިލް އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ލިޔެވިފައި އޮންނަންވާނެ އެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަސް އޮންނަންވާނެ އެވެ. ބީލަން ހުށަހަޅާނީ 2022 ނޮވެމްބަރ 10 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 01:00 ގެ ކުރިން މި ކައުންސިލްގެ އިދާރާގެ ރިސެޕްޝަނަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް އަނބުރާ ރައްދު ކުރެވޭނެ އެވެ. ބީލަން ހުޅުވުމަށް ހަމަޖެހިފައި ވަނީ 2022 ނޮވެމްބަރ 10 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 01:00 ގައި، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގަ އެވެ. އިތުރު މަޢުލޫމާތު ސާފުކުރުން މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރާނީ ނޮވެމްބަރ 10 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 12:30 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލް ކުރާއިރު ސަބްޖެކްޓްގައި އިއުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެ އެވެ. އީމެއިލް އެޑްރެސް: [email protected] ފޯން: 6600002 އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި ތިރީގައިވާ ގޮތަށް އެޑްރެސް ކޮށްފަ އެވެ. “Do not Open Before 10 th November 2022 , 1pm – “ Fen Filter Hoadhun ” – (IUL)318-HR/318/2022/71 ” ހުށަހެޅީ؛ (ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް) (ބީލަން ހުށަހަޅާ ފަރާތައް ގުޅޭނެ ފޯނު ނަންބަރާއި އީމެއިލްއެޑްރެސް) ނޯޓް: މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާއަށް ލިބިގެންވެ އެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައި ވެސް ބާތިލުކުރުމުގެ އިޚްތިޔާރު މި ކައުންސިލަށް ލިބިގެންވެ އެވެ.
Source
Collected from gazette_mv. Documents, clarifications and the authoritative wording stay on the issuing portal — this page never hosts them.
Open the original noticeLast changed 1 week ago. When this source last ran.