Closed
Water
Hiring of a boat for one year to supply clean drinking water to islands in need of it;
- Agency
- ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
- Market
- Maldives
- Reference
- FNK-I/IUL/2024/345
- Category
- ގަންނަން ބޭނުންވާ ތަކެތި
- Published
- 24 Sep 2024
- Closes
- 26 Sep 2024, 10:00 add to calendar
Description
އިޢުލާން ނަންބަރު:FNK-I/IUL/2024/345 އިޢުލާން ސާފް ބޯފެން ބޭނުންވާ ރަށްތަކަށް ފެން ފޯރުކޮށްދިނުމަށް 01 އަހަރު ދުވަހުގެ މުއްދަތަށް ދޯންޏެއް ކުއްޔަށް ހިފުމާއި ގުޅޭ؛ މި ކުންފުނިންދޭ މަޢުލޫމާތާއި އެއްގޮތަށް ސާފް ބޭފެން ބޭނުންވާ ރަށްތަކަށް ފެން ފޯރުކޮށްދިނުމުގެ އެންމެހާ މަސައްކަތްތައް ކުރުމަށް 01 އަހަރު ދުވަހުގެ މުއްދަތަށް ދޯންޏެއް ކުއްޔަށް ހިފުމަށް ކުރެވުނު އިއުލާން FNK-I/IUL/2024/339އަށް ފުރިހަމަ ތަރުހީބު ލިބިފައިނުވާތީ، މި މަސައްކަތަށް އަގު ހުށަހެޅުއްވުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. ތާރީޚް ވަގުތު ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން 23 އިން 26 ސެޕްޓެމްބަރ 2024 08:00 އިން 15:00 މަޢުލޫމާތު ސާފުކުރެވޭ އެންމެފަހު ތާރީޚް (އީމެއިލްގެ ޒަރިއްޔާއިން) 25 ސެޕްޓެމްބަރ 2024 15:00 މެންދުރު އަންދާސީ ހިސާބު ހުށަހެޅުން 29 ސެޕްޓެމްބަރ 2024 11:00 ހެނދުނު ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރެއްވުމަށްފަހުއީ-މެއިލް ކުރައްވާނީ [email protected] އަށެވެ. - އިޢުލާން ނަންބަރ - ކުންފުނީގެ ނަން - ނަމާއި ފޯނު ނަންބަރ މަތީގައިވާ މައުލޫމާތު ފުރިހަމަކުރެއްވުމަށްފަހު ފޮނުވާ އީމެއިލް ތަކަށް "ރެޖިސްޓްރޭޝަން ކޮންފޮމޭޝަން" އެއްގެ ގޮތުން މި ކުންފުނިން އީ-މެއިލް ކުރާނެ ވާހަކަދެއްނެވީމެވެ. ޕްރީ- ބިޑް މީޓިން އަދި އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާނީ މި ކުންފުނީގެ ހެޑް އޮފީސް ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ 07 ވަނަ ފަންގިފިލާ އަށެވެ. ނޯޓް: ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބި މިއިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. ޕްރީ – ބިޑް މީޓީންގައި ބައިވެރިވެ ނުލައްވާ ފަރާތްތަކަށް ވެސް އަންދާސީ ހިސާބު ހުށަހެޅޭނެއެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.
Source
Collected from gazette_mv. Documents, clarifications and the authoritative wording stay on the issuing portal — this page never hosts them.
Open the original noticeLast changed 1 week ago. When this source last ran.