tenders.watch
Open for bids

ޕާކޭ ޖެހުމުގެ މަސައްކަތް

Shown in the language the agency published it in. No English translation is available.

Agency
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ
Market
Maldives
Reference
(IUL)1139-ARISE/1139/2026/201
Category
މަސައްކަތް
Published
30 Sep 2026
Closes
18 Oct 2026, 05:00 add to calendar

Description

ގްރީން ބިލްޑިންގެ ގޯޑައުން އިމާރާތުގެ ގްރައުންޑްފްލޯގައި ޕާކޭ އެޅުމުގެ މަސެއްކަތް ކޮށްދޭނެ ފަރާތްތަކަށް، ބީލަން ހުށަހެޅުމުގެ ދަޢުވަތު ދިވެހި ސަރުކާރާއި ވޯލްޑް ބޭންކާއި ގުޅިގެން ސްޓްރެޓެޖިކް ފަންޑްގެ ދަށުން ހިންގާ އެކްސެލެރޭޓިންގ ރިނިއުއަބަލް އެނަރޖީ އިންޓެގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނަރޖީ (އެރައިޒް) ޕްރޮޖެކްޓްގެ ބޭނުމަށް ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓް އޮފީހުގެ (ގްރައުންޑްފްލޯ އެކަނި) ޕާކޭ އަޅައިދޭނެ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ ގޮތުން އެޓޭޗްކޮށްފައިވާ މައުލޫމާތު ކަރުދާސްގައި ބަޔާންކޮށްފައިވާ މައުލޫމާތައް ހުށަހަޅަންވާނެއެވެ. މި މަސައްކަތުގެ މައުލޫމާތު ކަރުދާސް މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗްކޮށްފައި ހުންނާނެއެވެ. ޕްރީބިޑް ބައްދަލުވުން މި މަސައްކަތާއި ގުޅިގެން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2026 އޮކްޓޯބަރު 07 ވާ ބުދަ ދުވަހު 10:00ގައި، މި ޕްރޮޖެކްޓްގެ ޕީ.އެމް.ޔޫ މީޓިންގް ރޫމް (ގްރީން ބިލްޑިންގ، ހަނދުވަރީ ހިނގުން، މާފަންނު، މާލެ) ގައެވެ. މަޢުލޫމާތު ސާފުކުރުން މި މަސައްކަތުގެ ސްކޯޕް އޮފް ވޯރކްސް އާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާ ނަމަ 2026 އޮކްޓޯބަރު 11 ވާ އާދިއްތަ ދުވަހު 12:00ގެ ކުރިން މި ޕްރޮޖެކްޓްގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅުން މި މަސައްކަތަށް ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2026 އޮކްޓޯބަރު 18 އާދިއްތަ ދުވަހުގެ 10:00 ގައި މިޕްރޮޖެކްޓްގެ ޕީ.އެމް.ޔޫ މީޓިންގް ރޫމްގައި (ގްރީން ބިލްޑިންގ، ހަނދުވަރީ ހިނގުން، މާފަންނު، މާލެ) މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ޕްރޮޖެކްޓް މެނޭޖަރ އެރައިޒް ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާ ގްރީން ބިލްޑިންގ، ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ ފޯނު:3019219

Source

Collected from gazette_mv. Documents, clarifications and the authoritative wording stay on the issuing portal — this page never hosts them.

Open the original notice

Last changed 2 days ago. When this source last ran.